ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިއްކާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފިއެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅ...

30 Jul 2026 | 07:22
N/A

N/A

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިއްކާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ޖުލައި 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޢުމުރުން 34 އަހަރުގެ ޝާކިލް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ސައިކަލެއްގައި ދަނިކޮށް އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އަށް ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޝާކިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް