މާލޭ ގެއެއްގައި އަލިފާން ރޯވުން، އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެވެ. މި ހާދިސާ ހިނގީ މައްޗަންގޮޅި އާމިނާ ރަނި ހިނގުމުގައި ހުރި މއ. ސުއްކަތުރާ ގޭގައި އެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކުރީ ހެނދުނު 9:46 ހާއިރު އެވެ...

30 Jun 2026 | 05:53
އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެވެ.

މި ހާދިސާ ހިނގީ މައްޗަންގޮޅި އާމިނާ ރަނި ހިނގުމުގައި ހުރި މއ. ސުއްކަތުރާ ގޭގައި އެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކުރީ ހެނދުނު 9:46 ހާއިރު އެވެ.

މި ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަލިފާން ރޯވީ އެ ގޭގެ ބަދިގެއާއި ސިޓިންގް ރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލައިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން މިހާރު ކުރަމުންދަނީ އެ ސަރަހައްދުގައި ހިފާފައިވާ ދުންތައް ބޭރުކުރުމުގެ މަސައްކަތެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވާން ޖެހުނު ސަބަބު ހޯދަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް