ދެ އަހަރުތެރޭގައި ރާއްޖެ އެތެރެ ކުރަން އުޅުނު 324 ކިލޯގެ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގަތް

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާ...

30 Jun 2026 | 04:53
ކަސްޓަމްސްއިން ހޯދި މަސްތުވާތަކެއްޗާއި އެކު އޮފިސަރުން -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއިން ހޯދި މަސްތުވާތަކެއްޗާއި އެކު އޮފިސަރުން -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ 147 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އެ މައްސަލަތަކުގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

އެއީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 116 މައްސަލައެއްގައި އަތުލައިގެން 247 ކިލޯއާ އަޅައިބަލާއިރު ބޮޑު އިތުރުވުމެކެވެ.

ކަސްޓަމްސް އިން ބުނީ އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 31 ޕަސެންޓު އިތުރު ކަމަށެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅައިބަލާއިރު ވެސް މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރެވެ.

މި ފަހުގެ އަހަރު ތަކުގައި ރާއްޖެއަށް ގިނައިން މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ ވައިގެ މަގުންނެވެ. އަދި އެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް