ރައީސްގެ ލަންކާ ދަތުރުފުޅުގައި ފަސްޓް ލޭޑީ އަދި ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެއި ހައެއްގެ ނިޔަލަށް ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމ...

30 Apr 2026 | 14:41
N/A

N/A

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެއި ހައެއްގެ ނިޔަލަށް ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ރައީސް ޑިސަނާޔަކެ އާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ވަނީ ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް