ބަނގުރާ ވިޔަފާރީގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކުރަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކި ކަމުގެ ތުހުމަތުގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތް...

29 Apr 2026 | 23:27
ހައްޔަރުކުރި ތިން ބިދޭސީން - ފޮޓޯ: ޕޮލިސް

ހައްޔަރުކުރި ތިން ބިދޭސީން - ފޮޓޯ: ޕޮލިސް

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކި ކަމުގެ ތުހުމަތުގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށްވާ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކަމަށެވެ. އެ ގެ ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން 38،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށް ވުރެ ގިނަ ޔޫއެސް ޑޮލަރު ވެސް ފެނިފައިވެއެވެ.

ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް