އެ މައްސަލައިގާ އާންމުން ކުރި އިހުތިޖާޖެއްގެ ތެރެއިން - ފޮޓޯ: އަދަދު ނޫސް
ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި، ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކޮށް، މި މާރިޗު މަހުގެ ތިން ވަނަ ދުވަހު ދައުވާކުރަން ފޮނުވާފައިވަނީ އެ ކުންފުނީގެ މައްޗަށާއި، ކުންފުނީގެ ވެރިޔާ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލު ޕޭމަންޓުގެ ގޮތުގައި 7,193,764 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާ ކަން ވަނީ ކަށަވަރުކުރެވިފައެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް