އެ ޓަވަރުން ދުން އަރާ މަންޒަރު - ފޮޓޯ: ދުވަސް
ހިޔާ ފަސްވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އަލިފާން ރޯވީ އެ ޓަވަރުގެ ފްލެޓެއްގެ އެތެރޭގައެވެ. ނަމަވެސް އަދި މާ ބޮޑު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
އަލިފާން ރޯވީ އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ.
އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވަނީ މިރޭ 08:20 ހާއިރުގައެވެ.
އަލިފާން ރޯވި ޓަވަރުން އެވަގުތު މީހުން ހުސްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް