N/A
މި ހާދިސާ ފެށެނީ މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ
ދުވަހުގައެވެ.
އުމުރުން 27 އަހަރުގެ ކާޖަލް ޗޯދަރީއަކީ އިންޑިއާގެ
ދިއްލީ ފުލުހުންގެ ސްވޮޓް ޓީމުގެ ކޮމާންޑަރެކެވެ. އޭނާ ކައިވެނިކޮށސްގެން އުޅެނީ ޑިފެންސް
މިނިސްޓްރީގައި ކްލާކެއްގެ ވަޒީފާ އަދާކުރަމުންދިޔަ އަންކޫރް ނަމަކަށްކިޔާ
ފިރިހެނަކާއެވެ. ދެމަފިރިންގެ ދޮޅު އަހަރުގެ ކުޑަ ފިރިހެން ދަރިއަކު ހުރެއެވެ.
ހާދިސާ ހިނގި އިރު ކާޖަލް އިނީ ބަލިވެ އެވެ. ބަނޑަށް ހަތަރު މަހެވެ.
ކާޖަލްގެ ކޮއްކޮ ނިކިލް ބުނެފައިވަނީ 22 ވަނަ
ދުވަހު އަންކޫރް އޭނާއަށް ފޯނު ކުރި ކަމަށާއި ކާޖަލަށް ވިސްނައިދޭން އެދުނު ކަމަށާއި
އަދި އެއަށްފަހު ކާޖަލްގެ އަތަށް ފޯނުވެސް ދިން ކަމަށެވެ.

"ދައްތަ ކޮންމެވެސް ވަރަކަށް އަންކޫރްގެ ގޯސްވާހަކަ
ދެއްކި، އެ ހިސާބުން ފޯނު އަތުލާފައި ބުނީ ކޯލް ރެކޯޑުކުރަން ފަށަން، އެއަށްފަހު
ދެން އިވުނީ ދައްތަ ހަޅޭއްލަވާ އަޑު" ނިކިލް ބުނެފައިވެއެވެ.
ނިކިލް ބުނެފައިވަނީ ކޯލް ރެކޯޑު ކުރަން ބުނެފައި
ހެކީގެ ގޮތުގައި އެ ރެކޯޑިން ބޭއްވުމަށް ބުނި ކަމަށާއި އަދި ފުލުހުންނަށް އެއްވެސް
ކަމެއް ނުކުރެވޭނެކަމަށް ބުނި ކަމަށްވެސް ނިކިލް ބުނެފައިވެއެވެ.
އަންކޫރް އެދުވަހު ކާޖަލަށް އަނިޔާކުރީ ޑަންބެލަކުންނެވެ.
ބޮލުގައި އެތައް ފަހަރަކު ޑަންބެލުން ތެޅުމުން ބޯ ވަރަށް ބޮޑަށް
ޗިސްވެފައިވާކަމަށް ކާޖަލްގެ ޢާއިލާއިން ބުނެފައިވެއެވެ.

ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް ކާޖަލް
މަރުވީ 27 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ކާޖަލްގެ ޢާއިލާއިން ބުނެފައިވަނީ ފުރަތަމަވެސް
ޝަކުވާ ކުރަން ފެށީ މަހުރުގެ ގޮތުގައި އެ ޢާއިލާއިން އަންކޫރަށް ކާރެއްގެ
ބަދަލުގައި ސައިކަލެއް ދިނުމުން ކަމަށެވެ. ނަމަވެސް ފަހުން ކާޖަލް ފައިސާ
އެއްކޮށްގެން އަންކޫރަށް ކާރެއްވެސް ގަނެދިން ކަމަށާއި ނަމަވެސް ފައިސާގެ
ދަހިވެތިކަމާއެކު ކާޖަލްގެ ޢާއިލާއަށް ޑިމާންޑްތައް އިތުރުވަމުންދިޔަކަމަށް
ބުނެފައިވެއެވެ.
އަންކޫރް އެކަން ކުރީ ފައިސާގެ ދަހިވެތިކަމާއިހެދި
މައްސަލަ ބޮޑުވެ ރުޅިގަދަވެގެންކަން ފުލުހުންވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ އަންކޫރު ހައްޔަރުކޮށްފައެވެ. އެ ދެމަފިރިންގެ ފިރިހެން ދަރި މިހާރު ވަނީ މަންމަ ފަރާތު ޢާއިލާއާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް