ހަށި ވިއްކި އަންހެނަކާއި ހަށި ގަތް ފިރިހެނަކު ހައްޔަރު – ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ތިނަދޫ ސިޓީގައި ހަށި ވިއްކަމުންދިޔަ މީހަކާއި ހަށި ގަންނަމުންދިޔަ މީހަކު އެ ޢަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ ސިޓީގައި ފައިސާއަށް ހަށި ވިއްކާކަމަށް ލި...

29 Nov 2025 | 17:59
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ތިނަދޫ ސިޓީގައި ހަށި ވިއްކަމުންދިޔަ މީހަކާއި ހަށި

ގަންނަމުންދިޔަ މީހަކު އެ ޢަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން

ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ސިޓީގައި ފައިސާއަށް ހަށި

ވިއްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭގެ 11:30 ހާއިރު އޮޕްރޭޝަނެއް

ހިންގި ކަމަށާއި އެ އޮޕަރޭޝަނުގައި ގެއެއް ބަލައި ފާސްކޮށް ދެމީހަކު

ހައްޔަރުކޮށްފައިވާކަމަށެވެ.

"ހައްޔަރުކޮށްފައިވަނީ 52 އަހަރގެ ދިވެހި

ފިރިހެނަކާއި 39 އަހަރުގެ ތައިލޭންޑު އަންހެނެއް، އެ ދެމީހުންވެސް

ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ ޢަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން"

ފުލުހުން ބުނެފައިވެއެވެ.

ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް

ހާޒިރު ކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަސުން ދޫކޮށްލާފައިވާއިރު އަންހެން މީހާ

ހަތަރު ދުވަހަށް ބަންދުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް