އަލިފާނުގެ ހާދިސާގައި ލިބުނު ބައެއް ގެއްލުން - ފޮޓޯ: އެމްއެންޑީއެފް
ހެންވޭރުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި މިއަދު
އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް
މިއަދު 12:44 ހާއިރު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް
ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން
އަލިފާން ނިއްވާލެވުނީ 13:00 ހާއިރު ކަމަށެވެ.
މި ހާދިސާއާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ
މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ ހ.އަލްޒައިކާ ކެފޭގައި މިއަދު
ހިނގި އަލިފާނުގެ ހާދިސާއައި ގުޅިގެން އެ އޮތޯރިޓީއިން ހަރަކާތްތެރިވެފައިވާކަމަށާއި
ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް ވަރަކަށް
ފިހުނު ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް