ތޫފާން "ޑިޓްވާ" މިހާރު ހުރި ހިސާބުދައްކައިދޭ މަންޒަރެއް -
ލަންކާ ހުރަސްކޮށްފައިވާ ތޫފާން "ޑިޓުވާ"
އާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ޚާއްޞަކޮށް މެދުރާއްޖެއާއި ދެކުނުގެ
ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު
މެންދުރެއްހާއިރު ބުނެފައިވަނީ "ޑިޓުވާ" ތޫފާން މިހާރު ހުރީ ހއ.
ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު
އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައެވެ.
"މި ތޫފާން ދަތުރު ކުރާނެކަމަށް ލަފާކުރެވެނީ
އުތުރުހުލަނގު އުތުރަށް، ރާއްޖެއާއި ދުރަށެވެ. އަދި މާދަމާގެ ހެނދުނުގެ ވަގުތެއްގައި
މި ތޫފާން އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑުޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު
އައްސޭރިފަށަށް ޖެހޭނެކަމަށް ލަފާކުރެވޭ" މެޓުން ބުނެފައިވެއެވެ.
ތޫފާން "ޑިޓްވާ" ގައި ލަންކާއަށް ގަދަ
ވަޔާއެކު ބޯކޮށް ވާރޭވެހި ބައެއް ކޯރުތައް ފުރި ބަންޑުންވެ ކާރިސީ ހާލަތެއް
ކުރިމަތިވެ 100 އަށްވުރެ ގިނަ މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް