ބިދޭސީންގެ 29 ވިޔަފާރިއެއް އާންމުން ރިޕޯޓްކޮށްފި – މެންދުރު ފަހު އޮޕަރޭޝަންތައް ފަށާނަމު: ވަޒީރު ސަޢީދު

ރާއްޖޭގައި ބިދޭސީން ގަވާއިދާއި ޚިލާފަށް ހިންގާ 29 ވިޔަފާރިއެއްގެ މަޢުލޫމާތު އާންމުން ރިޕޯޓްކޮށްފައިވާކަމަށާއި އެކަމާއި ގުޅޭ އޮޕަރޭޝަންތައް މެންދުރުފަހު ފައްޓަވާނެކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފ...

29 Nov 2025 | 07:55
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު - ފައިލް ފޮޓޯ: ދުވަސް

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގައި ބިދޭސީން ގަވާއިދާއި ޚިލާފަށް ހިންގާ 29

ވިޔަފާރިއެއްގެ މަޢުލޫމާތު އާންމުން ރިޕޯޓްކޮށްފައިވާކަމަށާއި އެކަމާއި ގުޅޭ އޮޕަރޭޝަންތައް

މެންދުރުފަހު ފައްޓަވާނެކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި

ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގައި ބިދޭސީން

ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިއްޔެ އިޢުލާނު ކުރިތާ ފުރަތަމަ

41 ގަޑިއިރު ތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް ވިދާޅުވެ،

29 ވިޔަފާރިއެއްގެ ރިޕޯޓު އާންމު އެކި ފަރާތްތަކުން ކުރައްވާފައިވާކަމަށެވެ.

"މިއަދު މެންދުރުފަހުން ފެށިގެން، މި ކަމާ ގުޅިގެން

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ،

އަދި ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ

މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ރައްޔިތުން

ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް