ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް - ފޮޓޯ: ރޮއިޓާސް
ލަންކާއަށް އަރައި މިހާރު ލަންކާ ހުރަސްކޮށްފައިވާ ތޫފާން
ޑިޓްވާގައި ލަންކާއަށް ލިބުނު ގެއްލުމަށް އެހީވުމަށް ރާއްޖެއިން ބައި ލައްކަ
ޑޮލަރާއި 25 ހާސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މިއަދު ޚާރިޖީ ވުޒާރާއިން
ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމަކީ، "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާ
ގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި
ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް
ކަމަށެވެ.
"މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި
އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު
ދިވެހި ރައްޔިތުން ތިބިކަން، މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް
ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް
ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް ރާއްޖެއިން އުންމީދު ކުރަމު، މިފަދަ ކަންކަމުން
ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް
އެކުވެރި ގުޅުން" ޚާރިޖީ ޥުޒާރާއިން މިއަދު ބުނެފައިވެއެވެ.
ރާއްޖޭ ގަޑިން ބަލަނީނަމަ ބުރާސްފަތި ދުވަހުގެ
ހެނދުނު 11:00 ހާއިރު ލަންކާ ކައިރިން އުފެދުނު ތޫފާން "ޑިޓްވާ" ލަންކާއަށް
އެރީ އިއްޔެގެ ފަތިހުގެ ވަގުތެއްގައެވެ.
ތޫފާން ޑިޓްވާ މިހާރު ލަންކާ ހުރަސްކޮށްފައިވާއިރު
މި ތޫފާނުގައި ލަންކާއިން 123
މީހެއްގެ ފުރާނަ ގެއްލި ތިރީހަކަށް މީހުން ގެއްލިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް