ޑޮލަރުތަކެއް ހަލާކުވި މައްސަލައެއްގައި ފުލުހަކު ވަޒީފާއިން ވަކިކުރަނީ

މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހިފަހައްޓާފައި ހުރި ޑޮލަރުތަކެއް ހަލާކުވި މައްސަލައިގަ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ. މި ފައިސާއަކީ 2019 ވަނަ އަހަރު ފުލުހުން ބެލި މައްސަލައެއްގެ ތެ...

29 Jul 2026 | 15:20
ފުލުހުން މީގެ ކުރިން އަތުލައިގަތް ޑޮލަރުތަކެއް -- ފޮޓޯ: ޕޮލިސް

ފުލުހުން މީގެ ކުރިން އަތުލައިގަތް ޑޮލަރުތަކެއް -- ފޮޓޯ: ޕޮލިސް

މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހިފަހައްޓާފައި ހުރި ޑޮލަރުތަކެއް ހަލާކުވި މައްސަލައިގަ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

މި ފައިސާއަކީ 2019 ވަނަ އަހަރު ފުލުހުން ބެލި މައްސަލައެއްގެ ތެރެއިން ސީނަކުން ހޯދައި އެ އިދާރާގެ ބެލެހެއްޓުމުގެ ދަށަށް ގެނެސްފައި ހުރި ޑޮލަރުތަކެކެވެ. އެ ފައިސާ ހުރީ ފުލުހުންގެ ފައިނޭންސް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި އެވެ.

އެއީ 30000 އެމެރިކާ ޑޮލަރު (462600 ރުފިޔާ) އެވެ.

އެ ފައިސާއަށް ގެއްލުން ލިބުނު މައްސަލަ ތަޙުޤީޤުކުރީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނެވެ. ތަޙުޤީޤު ނިމުމުން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި އެ ބޯޑުން ލަފާ ދިނީ އެ ޑޮލަރުތަކާއި ހަވާލުވެ ހުރި އޮފިސަރު ވަޒީފާއިން ވަކިކުރުމަށެވެ.

އެއީ ފައިސާތައް ހަލާކުވެފައިވަނީ މުވައްޒަފުގެ އިހުމާލުން ކަމަށްވާތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރުމުގެ ކުރިން އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ މަރުހަލާ ނިމެންދެން އެ ފުލުސް އޮފިސަރު ވަޒީފާއިން ސަސްޕެންޑުކުރަން މި މަހުގެ ހަތް ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

އަހަރުތަކެއް ކުރީގެ މައްސަލައެއް ނަމަވެސް ޑޮލަރުތައް ހަލާކުވި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް