ލ. ގަމުގެ 20 އަހަރުގެ ޒުވާނެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި

ލ. ގަން ތުނޑީގައި ދިރިއުޅޭ 20 އަހަރުގެ އަމްޖާޒް އަލީ ރޭ ދަންވަރުން ފެށިގެން ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ގަމު ކައުންސިލުން ހާމަކުރި ގޮތުގައި ކުރިބޯށީގައި ދިރިއުޅޭ އަމްޖާޒްގެ ހ...

29 Jul 2026 | 11:56
N/A

N/A

ލ. ގަން ތުނޑީގައި ދިރިއުޅޭ 20 އަހަރުގެ އަމްޖާޒް އަލީ ރޭ ދަންވަރުން ފެށިގެން ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގަމު ކައުންސިލުން ހާމަކުރި ގޮތުގައި ކުރިބޯށީގައި ދިރިއުޅޭ އަމްޖާޒްގެ ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ ރޭ ދަންވަރު 12:00 ހާއިރުއެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 2:00 ގެ ފަހުން ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބެއެވެ.

އާއިލާއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މަޑު ފެހި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސެކެވެ.

އަމްޖާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 9502503 އަށް ގުޅައިދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް