އިމިގްރޭޝަން ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭ ރަށު މާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގައިފި އެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ރެއިޑެކް ކަމަށް މައުލޫމާތުދެ އެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ މި އޮޕަރޭޝަންގައި ސުވާލުކޮށް މައުލޫމާތު ނަގާފައިވާނީ މާރުކޭޓުގައި މަސައްކަތް ކުރާ މީހުންގެ ކަމަށެވެ.
އެގޮތުން 55 ބިދޭސީންނާއި ސުވާލުކޮށް މައުލޫމާތު ނެގި ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ 20 މީހުން ކަމަށެވެ.
މިމަހު ކުރީކޮޅު އިމިގްރޭޝަނުން ވަނީ މާލޭ މާފަންނުގައި ހުންނަ ފުޓް ކޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށްވެސް އޮޕަރޭޝަނެއް ހިންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް