މި ރާއްޖޭގައި މިއުޒިކް މަނާ ކުރެވިގެން ނުވާނެ: ނަޝީދު

މި ރާއްޖޭގައި މިއުޒިކް މަނާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ...

29 Jul 2026 | 05:23
ރައީސް މުހައްމަދު ނަޝީދު --

ރައީސް މުހައްމަދު ނަޝީދު --

މި ރާއްޖޭގައި މިއުޒިކް މަނާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެ ކަމަށް ކަމަށް ޔޫތް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ އަޑު ފެތުރުމުންނެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުން އެދޭ ކަންކަން ރާއްޖޭގައި ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

ރާއްޖެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށާއި މިއީ ހުރިހާ ދިވެހީންގެ ޤައުމެއް ކަމަށް ވެސް ވަނީ ވިދާޅުވި އެވެ. އަދި ބީޔޯން އެގެއިން އަކީ އެބާގެ ލަވަތައް ހުށަހެޅުމަށް ދުނިޔޭގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ޓްރިބިއުޓް ބޭންޑު ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ދުނިޔޭގެ މަޝްހޫރު މިއުޒިކް ގްރޫޕް އެބާގެ އެންމެ ބޮޑު ޓްރިބިއުޓް ބޭންޑް ކަމުގައިވާ ބީޔޯން އެގެއިންގެ ޝޯ މަނާކުރެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެފައި އެވެ. އެގޮތުން ނަޝީދާއި ދިވެހިންނާއި މެދު ޖެހޭ މައިގަނޑު މައްސަލައަކީ މިފަދަ ދީނާ ދެކޮޅު ވާހަކަތައް ކަމަށް ބުނެ މީހުން ހިޔާލު ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް