މިނިވަން ދުވަހުގެ ޕެރޭޑު މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މިއަދު ހުޅުމާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ޕެރޭޑު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި އެވެ. ޕެރޭޑު އޮންނ...

29 Jul 2026 | 04:53
މިނިވަން ދުވަހުގެ ޕެރޭޑުގެ ތެރެއިން -- ދުވަސް ފޮޓޯ: އިބްރާހިމް ނާއިޝް ނާސިހް

މިނިވަން ދުވަހުގެ ޕެރޭޑުގެ ތެރެއިން -- ދުވަސް ފޮޓޯ: އިބްރާހިމް ނާއިޝް ނާސިހް

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މިއަދު ހުޅުމާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޕެރޭޑު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި އެވެ. ޕެރޭޑު އޮންނާނީ ހަމައެކަނި ހުޅުމާލޭ ފޭސް އެކެއްގައި އެވެ.

އެމްއެންޑީއެފުން ބުނީ ޕެރޭޑުގައި އެމްއެންޑީއެފްގެ ތަފާތު ކޯތަކާއި، ދިފާއީ ބާރުގެ އެކި ދާއިރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ޕްރޭޑުގައި ބައިވެރިވި މޯލްޑިވްސް ކެޑޭޓް ކޯގައި ހިމެނޭ ސްކޫލްތަކުގެ ދަރިވަރުންވެސް ބައިވެރިވާނެ ކަމަށެވެ.

ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކުންނެވެ.

ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް ޕެރޭޑް ހުއްޓުމަށްފަހު، އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުން ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ބޭންޑުގެ ކުޅުންތައް ދައްކައިލުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލް ޕާކް ސަރަހައްދުން ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ޖަންކްޝަން އަދި ސިފްކޯ ފްލެޓް ކައިރީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް