ސިނގިރޭޓުގެ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ކޮމިޓީން ފާސްކޮށްފި

ސިނގިރެޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު އެއްވެސް ބަދަލެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައ...

29 Jun 2026 | 10:21
ފޮޓޯ: މަޖިލިސް

ފޮޓޯ: މަޖިލިސް

ސިނގިރެޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު އެއްވެސް ބަދަލެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ދިރާސާކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި ނަމަވެސް ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާތީ ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.

މި ބިލު މަޖިލީހަށް ބަލައިގަންނަން މިދިޔަ ބުދަ ދުވަހު ފާސްކުރީ ހޫނު ބަހުސްތަކަކަށް ފަހު 49 މެންބަރުންގެ އިއްތިފާގުންނެވެ. އެ ދުވަހުގެ ބަހުސް ހޫނުވެ އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކޮށްފައިވެއެވެ.

ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓުގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ. ޕީއެންސީގެ ވާހަކަ ދިމާނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވުމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެންބަރުން ކުރިން ވެސް މިހާރު ވެސް ވާހަކަ ދައްކަވަމުން ގެންދަވަނީ ޑިއުޓީއަށް ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް