ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓުން މި ސަމާލު ނެރެފައި ވަނީ މިއަދު 10:00 އިން 16:00 އަށ...

29 Apr 2026 | 05:04
މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައި ވަނީ މިއަދު 10:00 އިން 16:00 އަށެވެ. މެޓުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ.

ރޭ ވެސް މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބާރަށް ގުގުރައި ހޮނު އެޅި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އެޅި ގޮނގުރިޓު ބައިތައް ވެއްޓުނު ހާދިސާއެއް ހިނގާފައިވެއެވެ. މެޓުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް