މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ދުވަހުން މެޓް އޮފީހާ ގުޅައިލުމުން ބުނީ، މިއަދު ބޮޑަށް ވިއްސާރަ ކުރާނީ ދެކުނަށް ކަމަށާއި، ނަމަވެސް މެދުރާއްޖެތެރެ އާއި އުތުރަށް ވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ކުރިއަށް އޮތް ފަސް ދުވަހަށް ބެލި ނަމަވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ޢާންމު ގޮތެއްގައި ވައި ގަދަ ނުވި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ.
މެޓުން އިތުރަށް ފާހަގަކުރި ގޮތުގައި، އޭޕްރީލް މަހު އެހެން މަސްތަކަށް ވުރެ ހޫނު ގަދަ ދުވަސްތައް ގިނަވެފައި، ހޫނު ގަދަވުމާ ގުޅިގެން ވިއްސާރަ ކުރީމާ ގުގުރުމާއި ހޮނު އެޅުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. ރޭ ވެސް މާލެ ސަރަހައްދަށް ބާރަށް ގުގުރައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އެޅި ހާދިސާއެއް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް