އިންޑިއާގެ ހޮސްޕިޓަލެއްގައި ލިފްޓް ގޮޅީގައި ބޯ ތާށިވެ މުވައްޒަފަކު މަރުވެއްޖެ

އިންޑިއާގެ ނާޝިކުގެ ހޮސްޕިޓަލެއްގައި ސާޖިކަލް އިކުއިޕްމަންޓް އުފުލާ ލިފްޓެއްގެ ގޮޅީގައި ބޯ ތާށިވެ ކޮންޓްރެކްޓް މުވައްޒަފަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހޯމަ ދުވަހު ހެނދުނު ނުވައެއް ޖެހި އ...

29 Apr 2026 | 04:10
N/A

N/A

އިންޑިއާގެ ނާޝިކުގެ ހޮސްޕިޓަލެއްގައި ސާޖިކަލް އިކުއިޕްމަންޓް އުފުލާ ލިފްޓެއްގެ ގޮޅީގައި ބޯ ތާށިވެ ކޮންޓްރެކްޓް މުވައްޒަފަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހޯމަ ދުވަހު ހެނދުނު ނުވައެއް ޖެހި އިރު ޑރ. ވަސަންތުރާއޯ ޕަވާރް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ހިނގި މި ހާދިސާގައި މަރުވީ ސާޖަރީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން ދިޔަ 50 އަހަރުގެ ޖޯތީ ޝިވާޖީ އަހީރޭ އެވެ. އޭނާ ލިފްޓް ގޮޅީގެ ތެރެއަށް ބޯ ލައިގެން ތިރިއަށް ބަލަމުން ދަނިކޮށް ލިފްޓް ތިރިއަށް އައިސް ބޯ ތާށިވީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ހޮސްޕިޓަލުގެ އެހެން މުވައްޒަފުން އެހީވާން ދުވެފައި އައި ނަމަވެސް ލިފްޓް ނެގޭ ގޮތެއް ނުވިއެވެ. އެތައް މިނެޓެއް ފަހުން އޭނާ ސަލާމަތް ކުރެވުނު ނަމަވެސް، އައިސީޔޫ އަށް ގެންދިޔަ ފަހުން ބޮލާއި ކަރަށް ލިބުނު ޒަޚަމްތަކުން ވަނީ މަރުވެފައެވެ.

އަހީރޭގެ ދަރިފުޅު ވަނީ ހޮސްޕިޓަލުގެ އިހުމާލުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައެވެ. ނަމަވެސް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އަހީރޭ ވަނީ ސޭފްޓީ ލައިން ހުރަސްކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައި ކަމަށެވެ. ސަރުކާރުގެ އިލެކްޓްރިކަލް އިންޖިނިއަރަކު ލިފްޓް ސިސްޓަމް ބެލި ނަމަވެސް ޓެކްނިކަލް މައްސަލައެއް ފެނިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް