ދުވަހުގެ މޫސުން: މެޓުން ލަފާކުރަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މެޓުން މިއަދު ހަވީރު 18:00 އަށް ނެރެފައިވާ މޫސުމީ ލަފާގައި...

29 Apr 2026 | 01:04
ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭ މަގުމަތިން - ފައިލް ފޮޓޯ: ދުވަސް

ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭ މަގުމަތިން - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓުން މިއަދު ހަވީރު 18:00 އަށް ނެރެފައިވާ މޫސުމީ ލަފާގައި ބުނެފައި ވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަހެއް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ ދޭއް ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް