N/A
ރޭ ކުރަމުން ދިޔަ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީއެލްސީބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ބުނީ، އެ ފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ގޮސްފި ނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީބޯޑު ޗެކް ކޮށް، އީއެލްސީބީ ވެއްޓިފައި ވާ ނަމަ އަލުން ނަގައި ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.
ނަމަވެސް އީއެލްސީބީ ރިސެޓް ކުރުމަށް ފަހު އަލުން ވެއްޓޭ ނަމަ، ނުވަތަ ކަރަންޓު ނުލިބޭ ނަމަ، އެ ކުންފުނީގެ ހޮޓްލައިން 1545 އަށް ގުޅައި ރިޕޯޓު ކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރަމުން ދިޔައިރު، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އަޅައި ގޮނގުރިޓު ބައިތަކެއް ވެއްޓުނު ހާދިސާއެއް ވެސް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް