އިންޑިއާގައި ދަރަނިން ސަލާމަތް ނުވި ޢާއިލާއެއްގެ މެންބަރަކު އޭނާވެސް ހިމެނޭހެން އެންމެންގެ ކަރުގައި އެޅީ ވަޅި - ދެމީހަކު މަރުވި

އިންޑިއާގެ ބެންގަލޫރުގައި ދަރަނީގެ ބުރަ ބޮޑުވެ، ޢާއިލާއެއްގެ ހަތަރު މީހެއްގެ ކަރު ބުރިކޮށް ދެ މީހުން މަރުވެ، ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ. މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ރޭ 10:00 އާއި 10:30...

29 Mar 2026 | 07:12
N/A

N/A

އިންޑިއާގެ ބެންގަލޫރުގައި ދަރަނީގެ ބުރަ ބޮޑުވެ، ޢާއިލާއެއްގެ ހަތަރު މީހެއްގެ ކަރު ބުރިކޮށް ދެ މީހުން މަރުވެ، ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދު، އަނެކަލް ތާލޫކުގެ އައްޓިބެލެ ކައިރީގައި އޮންނަ މައްލެނަހައްލީގައެވެ. މި ހާދިސާގައި މަރުވީ ޢުމުރުން 55 އަހަރުގެ އާޝާ އާއި އޭނާގެ ދަރިފުޅު ޢުމުރުން 32 އަހަރުގެ ވަރުޝީތާއެވެ. ޢުމުރުން 26 އަހަރުގެ މޯހަން އެމް.އާރް. އާއި 11 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ މަޔަންކް ސީރިއަސް ހާލުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި، ޗިޓް ފަންޑް ވިޔަފާރީގައި އުޅުނު މޯހަން، މާލީ ދަތިކަމުގެ ބުރަ ބޮޑުވެ، އާޝާ އާއި ވަރުޝީތާ އަދި މަޔަންކްގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު އަމިއްލައަށް ވެސް ހަމަ އެ ގޮތަށް އަމިއްލަ ނަފުސަށް ގެއްލުން ދީފައިވާ ކަމަށް ތަޙުޤީޤުން ދައްކައެވެ. ހާދިސާގެ ކުރީން ޢާއިލާ އިން ވީޑިއޯއެއް ރެކޯޑްކޮށް، ދަރަނި ދިން ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެ ކެތް ނުކުރެވޭ ކަމަށް ބުނެ ޢާއިލާ ބައެއް މީހުންނަށް ފޮނުވާފައިވެއެވެ.

އަޑުފައްގަނޑު އިވިގެން އަވައްޓެރީން އައިސް ބެލި އިރު ދޮރު އެތެރެއިން ތަޅުލާފައި ހުރުމުން ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އާޝާ އާއި ވަރުޝީތާ މަރުވެފައި ތިއްބެވެ. މޯހަން އާއި މަޔަންކް ޒަޚަމްވެފައި ތިބި ކަމުން، ވަގުތުން އައްޓިބެލެގެ އަމިއްލަ ހޮސްޕިޓަލަކަށް ގެންދެވުނެވެ.

ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ވަރުޝީތާ އެއް އަހަރާއި ބައިގެ މުއްދަތެއް ވަންދެން ސިކުނޑީގެ ޓިއުމަރަކަށް ފަރުވާ ހޯދަމުން ގެންދިޔައެވެ. އޭނާގެ ބޭސްފަރުވާ އަށް ނެގި ބޮޑު ދަރަންޏާއި ޗިޓް ފަންޑް ވިޔަފާރީން ލިބުނު ގެއްލުންތައް، މި ހިތާމަވެރި ހާދިސާ އަށް މަގުފަހިވީ ސަބަބު ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ބެންގަލޫރު ރޫރަލް ޑިސްޓްރިކްޓުގެ އައްޓިބެލެ ޕޮލިސް ސްޓޭޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް