ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރަން ހުށަހަޅާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކުގެ މަންދޫބުން މަގާމުން ވަކިކުރުމުގެ އިހުތިޔާރު އާންމު ރައްޔިތުންނަށް ލިބިދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައ...

29 Mar 2026 | 04:45
ރައީސް ޑރ. މުހައްމަދު މުޢިއްޒު: ވިދާޅުވީ ރިކޯލް ވޯޓު ތައާރަފްކުރައްވާނެ ކަމަށް /ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުޢިއްޒު: ވިދާޅުވީ ރިކޯލް ވޯޓު ތައާރަފްކުރައްވާނެ ކަމަށް /ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކުގެ

މަންދޫބުން މަގާމުން ވަކިކުރުމުގެ އިހުތިޔާރު އާންމު ރައްޔިތުންނަށް ލިބިދޭ ގޮތަށް

ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމްގައި

ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ. މި ބަދަލުގެ ސަބަބުން ދައުލަތް ހިންގުން

ހަރުދަނާވެ، އިންތިޚާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުވާނެ

ކަމަށެވެ. މިއީ ސަރުކާރުގެ އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު

ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ތަފްސީލުކޮށްދެއްވި ގޮތުގައި، ރިކޯލް ވޯޓުގެ ނިޒާމު

ގާއިމުކުރުމުން، އިންތިޚާބީ މަންދޫބުންގެ މަސައްކަތްތަކާ މެދު ރައްޔިތުން

ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ބޭފުޅުންގެ ޒިންމާ އަދާނުކުރެވޭނަމަ، ވަކި

އުސޫލެއްގެ ދަށުން ޕެޓިޝަން ހުށަހަޅައިގެން އެ މީހަކު މަގާމުން ދުރުކުރުމުގެ

ފުރުސަތު ރައްޔިތުންނަށް ލިބޭނެއެވެ. މި ނިޒާމުގެ ސަބަބުން ދައުރުގެ މެދުތެރެއިން

ވަކި އިންތިޚާބުތަކެއް ބާއްވަން ނުޖެހި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު

އެއް ދުވަހަކު ބޭއްވުމަށް މަގުފަހިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން

ރައީސް ވިދާޅުވީ އެ ޕާޓީގެ ވާހަކަތަކުގައި މިހާރު އެއްވެސް ބުރަދަނެއް ނެތް

ކަމަށެވެ. ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރާނެ ވަކި ތާރީޚެއް ހާމަނުކުރެއްވި

ނަމަވެސް، މި ބަދަލާއެކު މުއައްސަސާތައް ހިނގުން ހަރުދަނާވެ، އިންތިޚާބުތަކަކީ

ގިނަ ބަޔަކު ބައިވެރިވާ، ހަގީގީ މާނައިގައި މިނިވަން އަދި އިންސާފުވެރި

އިންތިޚާބުތަކަކަށް ވެގެންދާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް