N/A
ޑިސެމްބަރު ފަހުކޮޅުންފެށިގެން އަދިވެސް ހޫނު ވަމުން
އަންނަ އީރާނުގެ އެތެރޭގައި ސަރުކާރާއި ދެކޮޅަށް އެއްވަމުން އަންނަ އެއްވުންތަކާއި
ނިއުކްލިއާ ފައްކާކުރާކަމަށްބުނާ މައްސަލައާއި ދެ މައްސަލަ އެއްވެފައިވާ މި
ދަނޑިވަޅުގައި އީރާން އެމެރިކާ މަސްރަޙް މިވަގުތަށް މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
އެމެރިކާއިން ވަނީ ކަނޑުމަތީ އަސްކަރީ ބޮޑު
ފައުޖެއް އީރާނާއި ކައިރިއަށް ފޮނުވާފައެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ
މަރުކަޒުތައްވެސް އަންނަނީ އިތުރަށް ފައްކާ ކުރަމުންނެވެ. ހަމަ އެހެންމެ އެ
ބިރުދެއްކުންތަކާއެކު އެމެރިކާއިން ހުށަހަޅަނީ މަޝްވަރާ ކުރުމަށެވެ.
ނަމަވެސް ރޭގައި އީރާނުން ބުނެފައިވަނީ ބިރުދައްކައިގެން
މަޝްވަރާ ނުކުރާނެ ކަމަށެވެ.
މިއަދަށް ބަލާއިރު ބައިނަލްއަގުވާމީ މަސްރަޙުންވެސް
ފެންނަނީ މިކަމުގެ ބިރު ބޮޑު ކަމެވެ. ރޮއިޓާސްގެ މިއަދުގެ އަދަދުގައި ބުނެފައިވަނީ
އީރާނުގެ ލީޑަޝިޕާއި އަސްކަރީ މައި މަރުކަޒުތަކަށް ހަމަލަތަކެއްދީ އީރާނު އިތުރަށް
ބަލިކަށިކޮށްލުމަށް ޓާގެޓެޑް ހަމަލަތަކެއް ދިނުމަށް ހުރި ފުރުޞަތުތައް މިހާރު
އެމެރިކާއިން ބަލަމުން އަންނަ ކަމަށެވެ.
ރައްދުގައި އީރާނުން ބުނަނީ އެމެރިކާއިން އެފަދަ ހަމަލައެއް
ދީފިނަމަ އެއީ ހަނގުރާމަ އިޢުލާނުކުރުން ކަމުގައި ބަލާނެ ކަމަށާއި ނަތީޖާ ވަކި
ރަނގަޅު ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް