ހުއްދަ ނުނަގައި ރޮށި ފިހުމާއި ވިޔަފާރި ކުރުމުގައި އުޅުނު 15 ބިދޭސީއަކު އަތުލައިގެންފި

ހުއްދަ ނުނަގައި ރޮށި ފިހެ ވިއްކުމާއި އަދި އެހެން ވިޔަފާރިއެއް ކުރުމުގައި އުޅުނު 15 ބިދޭސީއަކު އަތުލައިގެންފިއެވެ. މިކަމުގެ މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ އިއްޔެ ފުލުހުންގެ ޚިދުމަތާއި،...

29 Jan 2026 | 04:57
N/A

N/A

ހުއްދަ ނުނަގައި ރޮށި ފިހެ ވިއްކުމާއި އަދި އެހެން

ވިޔަފާރިއެއް ކުރުމުގައި އުޅުނު 15 ބިދޭސީއަކު އަތުލައިގެންފިއެވެ.

މިކަމުގެ މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ

އިއްޔެ ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް

ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި،

ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

"މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި

އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ

ތަނެއްކަން ފާހަގަކުރެވިގެން އެ މަސައްކަތް ވަނީ ހުއްޓުވާފައި، އަދި ދެވަނަ ތަނުގައި

ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ވަނީ ފާހަގަކުރެވިފައި"

ފުލުހުން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ދެ ތަން މިހާރު ބަންދުކޮށްފައިވާއިރު،

މި ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް