N/A
ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ
ނިޔާވީ ހާދިސާއަކުން ކަމަށް ދޭހަވާފަދަ މޭރުމަކުން ފުލުހުން މަޢުލޫމާތު
ހިއްސާކޮށްފިއެވެ.
އެ ބިދޭސީ މީހާގެ ނަމާއި އުމުރުވެސް ހާމަކުރަމުން
މިއަދު ހެނދުނު 09:29 ހާއިރު ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި
އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ
އަމީން މިއާ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އަމީން މިއާ
ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 26 ވަނަ ދުވަހުކަން އެނގިފައިވޭ" ފުލުހުން
ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލައިގެ
ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މަޢުލޫމާތެއް ހާމަކުރަމުންދާނެކަމަށެވެ.
26 ވީ ހޯމަ ދުވަހުން ފެށިގެން ގެއްލިގެން ހޯދުމުގެ
މަސައްކަތް ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް