ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި 100 އަށްވުރެ ގިނަ ވަރި

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި 100 އަށްވުރެ ގިނަ ވަރި ކޮށްދީފައިވާކަމަށް ދައްކައިފި އެގޮތުން ފެމިލީ ކޯޓުން ހާމަކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސްހިސާބަށް ބަލައިލާއިރު ނޮވެ...

28 Dec 2025 | 07:05
N/A

N/A

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި

100 އަށްވުރެ ގިނަ ވަރި ކޮށްދީފައިވާކަމަށް ދައްކައިފި

އެގޮތުން ފެމިލީ ކޯޓުން ހާމަކޮށްފައިވާ ނޮވެމްބަރު

މަހުގެ ތަފާސްހިސާބަށް ބަލައިލާއިރު ނޮވެމްބަރު މަހު 169 ކައިވެނި

ކޮށްދީފައިވާއިރު 108 ވަރި ކޮށްދީފައިވެއެވެ.

މި އަދަދަކީ އޭގެ ކުރީ މަސް ކަމުގައިވާ އޮކްޓޯބަރު

މަހާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. އޮކްޓޯބަރު މަހު 135 ވަރި ކޮށްދީފައިވެއެވެ.

ނޮވެމްބަރު މަހުގެ ފެމިލީ ކޯޓުގެ އެހެނިހެން

ތަފާސްހިސާބުތަކަށް ބަލައިލާއިރު ޖުމުލަ 209 މައްސަލައެއް ނޮވެމްބަރު މަހުގެ

ތެރޭގައި ނިންމާފައިވާކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ. ވަރީގެ 153

މައްސަލައެއް ނިންމި ކަމަށް ބުނެފައިވެއެވެ.

ކުޑަކުދީންނާ ގުޅުންހުރި 12 މައްސަލައެއް ނިންމި

ކަމަށް ބުނެފައިވެއެވެ. ޚަރަދުގެ 17 މައްސަލައެއް ނިންމިކަމަށް ބުނެފައިވެއެވެ.

އަދި އާއިލީ އެހެނިހެން 21 މައްސަލައެއް ނިންމިކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް