އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފައި...

28 Jul 2026 | 18:09
N/A

N/A

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ޙާރިޘް މުޙައްމަދު އައްޔަންކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި މާކެޓިންގާއި ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށް ވުރެ ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. އޭނާ ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރު ކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން އަދާކުރައްވައިފައެވެ.

ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ. އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓުގެ ފެލޯޝިޕް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް