ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނީގެ ހެލިކޮޕްޓަރެއް ވެއްޓި ދަތުރު ކުރި އެންމެން މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރު ކުރި އެންމެން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ސައުދީގެ އިރުމަތީ ސަރަހައްދުގެ ރަސް ތަނޫރާގައި އެވެ....

28 Jun 2026 | 13:05
ައަރަމްކޯތުގެ ތެޔޮ ކާރުހާނާއެއް --

ައަރަމްކޯތުގެ ތެޔޮ ކާރުހާނާއެއް --

ސައޫދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރު ކުރި އެންމެން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ސައުދީގެ އިރުމަތީ ސަރަހައްދުގެ ރަސް ތަނޫރާގައި އެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމާގައި އީރާނުން ބަންދުކޮށްފައިވާ ތެލުގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގެވެ.

މި ހާދިސާގައި އޭގެން ދަތުރު ކުރި 14 މީހުން މަރުވެފައިވެ އެވެ.

ސައުދީ އެނާޖީ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:00 ހާއިރުއެވެ.

ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި އެންމެންނަކީ ސައުދީ ރައްޔިތުންނެވެ. ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައި އެވެ.

އެ މިނިސްޓްރީން ބުނީ ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް