ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ ބިދޭސީން -- ފޮޓޯ: ޕޮލިސް
ބަނގުރާ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ދެ މީހުންނެވެ.
އެއީ ޢުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއެްގައި އެވެ.
ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް