މަޖީދީ މަގުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހާދިސާއެއް ހިނގައި، އިހުމާލުވި ފަރާތް ޖޫރިމަނާކޮށްފި

މަޖީދީ މަގުގެ އިމާރާތެއްގައި ސަލާމާތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މަސައްކަތް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި މުވައްޒަފުންނަށް އަނިޔާވެ، އިހުމާލުވި ފަރާތާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައި...

28 Jun 2026 | 10:03
ސިޓީ ކައުންސިލާއި ފުލުހުން އެ އިމާރާތުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލާއި ފުލުހުން އެ އިމާރާތުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ސިޓީ ކައުންސިލް

މަޖީދީ މަގުގެ އިމާރާތެއްގައި ސަލާމާތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މަސައްކަތް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި މުވައްޒަފުންނަށް އަނިޔާވެ، އިހުމާލުވި ފަރާތާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ އެ ހާދިސާ ހިނގީ އިއްޔެ ކަމަށާއި، ސަލާމާތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި ބަލަން ޖެހޭ ވަރަށް ނުބަލައި މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެ މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް އެތައް އަނިޔާއެއް ލިބިފައިވާ ކަމަށެވެ. ކައުންސިލުން ވަނީ އެ ކަމުގައި އިހުމާލުވާ ފަރާތް ހޯދައި ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައެވެ.

ހުރިހާ ރައްޔިތުން ވެސް ސަލާމާތީ ފިޔަވަޅުތަކަށް ސަމާލުކަން ދީ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް