ވެނެޒުއެލާގެ ބިންހެލުމާ ގުޅިގެން އިންޑިއާއިން އެހީގެ އޮޕަރޭޝަނެއް ފަށައިފި

ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން "އޮޕަރޭޝަން އަމިސްތާދު" ގެ ނަމުގައި އިންސާނީ އެހީގެ އޮޕަރޭޝަނެއް...

28 Jun 2026 | 05:55
N/A

N/A

ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން "އޮޕަރޭޝަން އަމިސްތާދު" ގެ ނަމުގައި އިންސާނީ އެހީގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ ދަށުން، އިންޑިއާގެ ވައިގެ ސިފައިންގެ ދެ ސީ-17 ގްލޯބްމާސްޓާ މަތިންދާބޯޓު ވަނީ ހުކުރު ދުވަހުގެ ހެނދުނު ވެނެޒުއެލާއަށް ދިއުމަށް ފުރާފައެވެ.

މި ބޯޓުތަކުގައި 30 ޓަނުގެ އެހީގެ ސާމާނާއި، 6 ޓަނުގެ ބޭހާއި މެޑިކަލް އިކުއިޕްމަންޓްގެ އިތުރުން 2 މޯބައިލް ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން، ބިންހެލުމުގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށްޓަކައި 41 މެންބަރުންގެ މެޑިކަލް އަދި ރެސްކިއު ޓީމެއް ވެސް ވަނީ ފޮނުވާފައެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ އޮތީ ވެނެޒުއެލާގެ ރައްޔިތުންނާ އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް