އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހިމަބިހި ފެތުރެމުންދާތީ އެމްއާޜު ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންގާރަ...

28 Jun 2026 | 05:06
ވެކްސިނުން ބަލިތަކުން ދުރުކޮށްދިނުމަށް މަގުފަހިވޭ --

ވެކްސިނުން ބަލިތަކުން ދުރުކޮށްދިނުމަށް މަގުފަހިވޭ --

ހިމަބިހި ފެތުރެމުންދާތީ އެމްއާޜު ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކުރިޔަށް ގެންދަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޔޫޕީއެޗްސީސީ ހުޅުމާލެ ހޮސްޕިޓަލް ސެނަހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ވެކްސިން ޖަހައިދޭ ގަޑިތައް އެ ތަންތަނުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް