މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސް ކުރޭ --
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ވަނީ ދެ އެލާޓެއް ނެރެފައި އެވެ. އެއީ އުތުރާއި މެދު ރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅު ތަކަށެވެ.
ވައިޓް އެލާޓު ފުރަތަމަ ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. މެޓުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި 40 މޭލަށްވުރެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
މިހާރު ވައިޓް އެލާޓު ނެރެފައި އޮތީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅޫ ތަކަށެވެ. މެޓުން ބުނީ އެ ސަރަހައްދަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ރޭ މާލެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއްް ލިބިފައި އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް