N/A
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. ޢަލީ އަޒްވަރު ޢައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ޑރ. އަޒްވަރު މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައެވެ. އެއަށް ފަހު ސޭލްސް އެންޑް މާކެޓިންގ، ބިލިންގ ސާވިސަސް، ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ މުހިންމު ދާއިރާތައް އިސްވެ ހިންގެވުމަށް ފަހު، ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމާއި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަމާއި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.
ތައުލީމީ ދާއިރާ އަށް ބަލާ އިރު، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގޓަނުން ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އޭނާ ވަނީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ އިން މާސްޓާސް އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް