ދެ ރައީސުން -
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކެގެ ދައުވަތަކަށް، މެއި ތިނަކުން ފަހަކަށް ސްރީ ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ތަފާތު ހަ ދާއިރާއަކުން އެމްއޯޔޫތަކެއްގައި ސޮއިކުރެވޭނެ ކަމަށް ނިއުސް ފަސްޓުން ރިޕޯޓުކޮށްފައިވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ސްރީ ލަންކާގެ ކެބިނެޓުން މިހާރު ވަނީ ރުހުން ދީފައެވެ.
ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީ އާއި ސްރީ ލަންކާގެ ޖެނެރަލް ސާ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވާސިޓީއާ ދެމެދު ތަމްރީނާއި ދިރާސާގެ ދާއިރާއިން ވެވޭ އެއްބަސްވުމެއް ހިމެނެއެވެ. ތައުލީމީ ދާއިރާއިން ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީނުކުރުމުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
މީގެ އިތުރުން ސިއްޙީ ދާއިރާއިން ކޮލޮމްބޯ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއް، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބަސްވުމެއް، ދެ ޤައުމުގެ ޤައުމީ އަރުޝީފާ ދެމެދު އެއްބަސްވުމެއް، އަދި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
މި ދަތުރުފުޅު ކުރިން ދެ ފަހަރެއްގެ މަތިން ފަސްކުރެވިފައިވަނީ ސްރީ ލަންކާ އަށް އެރި ޑިޓްވާ ތޫފާނާއި ދިވެހިރާއްޖޭގެ ލޯކަލް އިންތިޚާބާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް