ގަން ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: ލާމު އެމްވީ
ލ. ގަމުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 68 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ލާމު އެމްވީ ނޫހުން ރިޕޯޓުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގީ ރޭ، ގަމު މަތިމަރަދޫ އާއި މުކުރިމަގާ ދޭތެރޭގައި އޮންނަ ސަރަޙައްދުގައެވެ. ލާމު އެމްވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަޙައްދުން ދަތުރުކުރި ސައިކަލެއް ޔޫ-ޓާން ނަގަން އުޅުމުގެ ތެރޭގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ނޭފަތުންނާއި ކަންފަތުން ވަރަށް ބައިވަރު ލޭ އައި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ހަންނާނާ ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. މިހާރު ލޭ މަނާކުރެވިފައިވާ ކަމަށާއި އެ މީހާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ލާމު އެމްވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޭސް އައިޖީއެމްއެޗްގެ ނާރުގެ ޑޮކްޓަރު ނިޔާފާ މަޝްވަރާކޮށް، އަވަސް ފަރުވާ އަށް މާލެ ގެންދިއުމަށް ލަފާ ދީފައިވެއެވެ. އެ މީހާ މާލެ ގެންދިއުމަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް