ފުލުހުންގެ ބެލުމުގައި ހުރި 185 ކިލޯ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މި ތަކެތި ނައްތާލާފައިވަނީ އިއ...

28 Apr 2026 | 03:26
N/A

N/A

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ތަކެތި ނައްތާލާފައިވަނީ އިއްޔެ (27 އޭޕްރީލް) ދޫނިދޫގައި، މަސްތުވާތަކެތި ނައްތާލުމުގެ ޤަވާޢިދުގެ ދަށުން އެކުލަވައިލާފައިވާ ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި، 2768 ސެލޯފިންކޮޅާއި، ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓާއި، އަށް ބިޑީގެ އިތުރުން 3437 މަނާ ބޭސްގުޅަ ހިމެނެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.މި ހަރަކާތުގައި ނޫސްވެރިންގެ އިތުރުން، ބައިވެރިވުމަށް ނަން ނޯޓުކުރި ޢާންމު ރައްޔިތުން ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުޞޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، ތަޙުޤީޤަށް ޤާނޫނީ ގޮތުން ބެހެއްޓުން ލާޒިމުކުރާ މިންވަރު ބެހެއްޓުމަށްފަހު، ބާކީ ހުންނަ މަސްތުވާތަކެތި ވީ އެންމެ އަވަހަކަށް ނައްތާލާ ގޮތަށް މިހާރު ޢަމަލުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް