ލަންކާގެ މިހާރުގެ ރައީސް މި ފަހުން ރާއްޖެއަށް ކުރެއްވި ދަތުުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ސްރީ ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ ހަފުތާގައި ފެށޭނެ ކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ އިއްޔެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މުންދު ވިދާޅުވީ މި ދަތުރުފުޅު ކުރިން ދެ ފަހަރެއްގެ މަތިން ފަސްކުރެވިފައިވާ ކަމަށެވެ. ފުރަތަމަ ފަހަރު ފަސްކުރީ ސްރީ ލަންކާ އަށް އެރި ޑިޓްވާ ތޫފާނާ ގުޅިގެންނެވެ. ދެވަނަ ފަހަރު ފަސްކުރީ ދިވެހިރާއްޖޭގެ ލޯކަލް އިންތިޚާބާ ގުޅިގެންނެވެ.
ސްރީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިން ތައުލީމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ މައި މަންޒިލެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހުރި މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް