ޕާކުތަކާއި މައިޒާންތައް އީދަށް ނިންމަނީ

މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތު ބާރުސްޕީޑުގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ފިތުރު އީދަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މ...

28 Feb 2026 | 07:32
ރަސްފަންނު ކުރިން އޮތް ގޮތް - ފޮޓޯ: ރައީސް އޮފީސް

ރަސްފަންނު ކުރިން އޮތް ގޮތް - ފޮޓޯ: ރައީސް އޮފީސް

މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތުކުރުމުގެ

މަސައްކަތް މިވަގުތު ބާރުސްޕީޑުގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ފިތުރު އީދަށް

އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.

މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި

ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މުހިންމު މައިޒާންތައް އީދަށް

ހުޅުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް

ހުންނެވިއިރު ތަރައްގީ ކުރެއްވި ޕާކުތައް ފެންނަނީ ވަރަށް ބޮޑަށް ވީރާނާވެފައިވާ

ތަންކަމަށެވެ. އެގޮތުން ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާން، ރަސްފަންނު އަދި

ސުނާމީ ބިނާ ސަރަހައްދު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އެމަނިކުފާނު

ފާހަގަކުރެއްވިއެވެ. މިކަން މިގޮތަށް ދިމާވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ

ތެރޭގައި މާލޭ ސިޓީ ކައުންސިލުން އެ ތަންތަން މަރާމާތުކޮށް ބަލަހައްޓާފައި ނުވާތީ

ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

ކައުންސިލުން

ޒިންމާ އަދާނުކުރުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ލިބުނު އިހާނެތިކަން

ނައްތާލުމަށް ސަރުކާރުން މިހާރު ވަނީ އެ މަސައްކަތްތަކާ ހަވާލުވެފައެވެ.

"މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކުތައް ހަލާކުވެފައި ހުރީމަ

ސަރުކާރުން އެތަންތަން އަނެއްކާ ހަދަން ފެށީ، ހަގީގަތުގައި ކައުންސިލުން

ކުރަންޖެހޭ ކަންކަން." ރައީސް ވިދާޅުވިއެވެ.

މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ

ޖުމްހޫރީ މައިދާނުގެ މަރާމާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި

ސަލްޓަން ޕާކު ތަރައްގީ ކުރަމުންދަނީ ޒަމާނީ އިތުރު ފީޗާތަކަކާ އެކުގައެވެ. މީގެ

އިތުރުން މުޅިން ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން ވެސް ބޮޑު މަރާމާތަކަށް ފަހު

އީދަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމަށް ބަންދުކުރީ މިދިޔަ

އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ

ޖުމްހޫރީ މައިދާނުގެ މަރާމާތުގެ ތެރެއިން ބައެއް ސަރަހައްދުތައް މިހާރު ވަނީ

އާންމުންނަށް ހުޅުވާލާފައެވެ. ސުނާމީ ބިނާ މައިޒާނުގެ މަރާމާތުގެ މަސައްކަތް

ސަރުކާރުން ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.

ސުނާމީ ބިނާ އާއި އެ ތަނުގެ އެކި ސަރަަހައްދުގައި

ހަރުކޮށްފައިވާ ލައިޓުތައް ރޭގަނޑު ކުރިން ދިއްލި ނަމަވެސް މިހާރު އެތަނުގައި

އަލިކަމެއް ވެސް ނުހުރެ އެވެ. އަދި އެ ތަނުގައި އޮންނަ ނެރާ ދިމާލުން ބޮޑު ބައެއް

އޮތީ ގާތައް ނެއްޓި މޫދަށް ދަމައިގަނެ، ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް