ކެންޑިޑަސީ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލު އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގެ ކެނޑިޑަސީ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އި...

28 Jan 2026 | 13:39
N/A

N/A

ލޯކަލް ކައުންސިލު އިންތިޚާބާއި ޑަބްލިއުޑީސީ

އިންތިޚާބުގެ ކެނޑިޑަސީ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނުން

މިއަދު ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް

މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު

އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށް، މިއަދުން

ފެށިގެން، 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި

ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު

03:30 އިން ރޭގަނޑު 08:00 އަށް އިތުރުކޮށްފައިވާކަމަށެވެ.

އިލެކްޝަންސް އިން ފާހަގަކޮށްފައިވާގޮތުގައި ލޯކަލް

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ

އިންތިޚާބު 2026 އަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް