އިންޑިއާގައި ޗާޓަރު ފްލައިޓެއް ވެއްޓި ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖީތު ޕަވާރު މަރުވެއްޖެ

އިންޑިއާގެ މުމްބާއީ އިން ފުރައިގެން ޕޫނޭއަށް ދަތުރުކުރި ޗާޓަރު ފްލައިޓެއް ވެއްޓި ބަޔަކު މަރުވެއްޖެއެވެ. މިހާތަނަށް އެނގެން ހުރި މަޢުލޫމާތުތަކަށް ބުރަވާއިރު އެ ފްލައިޓަކީ މުމްބާއީ އިން މަހަރާޝްތުރާގެ ޕ...

28 Jan 2026 | 04:46
N/A

N/A

އިންޑިއާގެ މުމްބާއީ އިން ފުރައިގެން ޕޫނޭއަށް

ދަތުރުކުރި ޗާޓަރު ފްލައިޓެއް ވެއްޓި ބަޔަކު މަރުވެއްޖެއެވެ.

މިހާތަނަށް އެނގެން ހުރި މަޢުލޫމާތުތަކަށް

ބުރަވާއިރު އެ ފްލައިޓަކީ މުމްބާއީ އިން މަހަރާޝްތުރާގެ ޕޫނޭ ޑިސްޓްރިކްޓަށް ދަތުރުކުރި

ފްލައިޓެކެވެ. އެ ފްލައިޓް ޖައްސަން އޮތީ ބަރަމަތި އެއާޕޯޓުގައެވެ.

މުމްބާއީގެ ޗަތުރަޕަތީ އެއާޕޯޓުން، ލިއަރޖެޓް 45

މަރުކާގެ ވީއައިޕީ އެ ފްލައިޓް ދަތުރު ފެށީ ރާއްޖޭ ގަޑީން ބަލަނީ ނަމަ ހެނދުނު

08:52 ގައެވެ.

އެއަށްފަހު ރާއްޖޭ ގަޑީން 09:30 ހާއިރު ބަރަމަތި

އެއާޕޯޓަށް އެ ފްލައިޓް ލޭންޑުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ރަންވޭ މަތިން

ކަހާލައި ގޮސް އަލިފާން ރޯވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ފްލައިޓުގައި

އޭރު ތިބީ މަހަރާޝްތުރާގެ އެންމެ ނުފޫޒުގަދަ އެއް ޕޮލިޓީޝަން ކަމުގައިވާ އަޖީތު

އަނަންތުރާއޯ ޕަވާރުއާއި ސެކިއުރިޓީ ދެ އޮފިޝަލަކާއި އިތުރު މީހެއްގެ އިތުރުން

ޕައިލަޓާއި ކޯ ޕައިލަޓެވެ. އަދަދާއި އެ މަޢުލޫމާތު އަދި މުޅީން ކަށަވަރެއް ނޫނެވެ.

އިންޑިއާ ޓުޑޭފަދަ ބޮޑެތި ބައެއް މީޑިއާތަކުން ބުނަނީ

ފަސް މީހަކު މަރުވި ކަމަށެވެ. ބައެއް ކުދި މީޑިއާތަކުން ހަ މީހަކު މަރުވި

ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި އަޖީތު ޕަވާރުވެސް

ހިމެނޭ ކަމަށްވެސް ބޮޑެތި ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް