N/A
ރާއްޖެއަށް ބަންގްލަދޭޝް އިން މަސައްކަތްތެރީން
ގެނައުމުގައި ސްކިލްޑް ފަރާތްތައް ގެނައުމަށް ބަންގްލަދޭޝް އިން ރާއްޖެ ކުރެން
އެދިއްޖެއެވެ.
ރާއްޖެ ކުރެން ބަންގްލަދޭޝް އިން މިކަމަށް އެދިފައިވަނީ
ސައޫދީ އަރަބިއްޔާގެ ރިޔާޛުގައި މިހާރު ކުރިއަށްދާ ގްލޯބަލް ލޭބަރ މާކެޓް ކޮންފަރެންސްގެ
ހަވާސާގައި ރާއްޖޭގެ ހަޔަރ އެޑިއކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓަރު ޑރ. ހައިދަރާއި ބަންގްލަދޭޝްގެ އެކްސްޕެޓްރިއެޓްސް ވެލްފެއަރ އެންޑް
އޯވަސީސް އެމްޕްލޮއިމަންޓް އެޑްވައިޒަރު ޑރ. އާސިފް ނަޒްރުލް އާއި ދެމެދު ކުރިއަށްދިޔަ
ބައްދަލުވުމުގައެވެ.
ބަންގްލަދޭޝް އިން އެދުނީ ޕްރޮފެޝަނަލް އަދި
ސްކިލްޑް މަސައްކަތްތެރީން ދިވެހި ލޭބަރ މާކެޓަށް ގެނައުމަށެވެ. ޚާއްޞަކަމެއް
ޑަކުޓަރުކަމާއި އިންޖިނޭރުކަމާއި ނަރުސް ކަމާއި ޓީޗަރު ކަމަށް ދިނުމަށެވެ.
ހަމަ އެހެންމެ ބަންގްލަދޭޝް ފަތުރުވެރިން ރާއްޖެ
ގެނައުމަށް މަސައްކަތް ކުރުމާއިމެދުވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް
ރިޕޯޓްކޮށްފައިވެއެވެ.
އެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ އެ
ހުށަހެޅުންތަކަށް ރާއްޖެއިން ޝައުޤުވެރިވާކަމަށް ރާއްޖޭގެ ވަޒީރު ދެންނެވި
ކަމަށާއި އަދި ބަންގްލަދޭޝްގެ ލީޑިންގ ޔުނިވާސިޓީތަކުން ރާއްޖޭގައި އެޑިއުކޭޝަން
ފެއާތައް ކުރިއަށްގެންދިއުމަށް ވަޒީރު ހުށަހެޅުއްވި ކަމަށްވެސް
ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް