އޮސްޓްރޭލިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރު "ޢިމާދުއްދީން" ހިދުމަތަށް ނެރެފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ މަނަވަރު "އިމާދުއްދީން" ހިދުމަތަށް ނެރެފި އެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް އިތުރު ކުރެވުނު މި އުޅަނދު ރަސްމީކޮށް ކޮމިޝަން ކޮށްދެއްވީ ރައީސުލްޖު...

27 Jul 2026 | 18:26
ކޯސްޓްގާޑުގެ އާ މަނަވަރު ހިދުމަތަށް ނެރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކޯސްޓްގާޑުގެ އާ މަނަވަރު ހިދުމަތަށް ނެރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ މަނަވަރު "އިމާދުއްދީން" ހިދުމަތަށް ނެރެފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް އިތުރު ކުރެވުނު މި އުޅަނދު ރަސްމީކޮށް ކޮމިޝަން ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި އުޅަނދަނީ ދިވެހި ސަރުކާރުން އެދިގެން އޮސްޓްރޭލިއާއިން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިން އަސްކަރީ މަނަވަރެކެވެ.

މި ރަސްމިއްޔާތު އޮތީ މިރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލްގައި އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ އުޅަނދު ބައްލަވާލައްވާފައި އެވެ.

ރާއްޖެ ގެނައުމުގެ ކުރިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަ ކޮށްފައި އެވެ.

އޮސްޓްރޭލިއާ އިން ރާއްޖެ އަށް މަނަވަރު ގެނައުމަށް ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓް ކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެ އެވެ.

ކޯސްޓްގާޑް ފްލީޓަށް މި މަނަވަރު އިތުރުވުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި ކަނޑުމަތީގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި މީހުން ހޯދައި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމުގައި ރާއްޖެ އަދާކުރާ ދައުރު ވެސް ހަރުދަނާ ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް