މާފުށީގައި ޕެރެސެއިލިން ކުޑަ ކަނޑައިގެން ގޮސް މޫދަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ކ. މާފުށީގައި މިއަދު ޕެރެސެއިލިން ހަރަކާތެއްގެ ތެރެއިން ޓޯވް ލައިން ކަނޑައިގެން ގޮސް  މޫދަށް ވެއްޓުނު މީހަކަށް އަނިޔާވެއްޖެ އެވެ. މިއަދަކީ މާލެ އަތޮޅަށް ވަރަށް މޫސުން ގޯސް ދުވަހެކެވެ. މާފުއްޓަށްވެސް ބ...

27 Jul 2026 | 10:50
މާފުށީގައި ޕެރެސެއިލިން ކުޑަ ކަނޑައިގެން ގޮސް ދެ މީހަކު މޫދަށް ވެއްޓެނީ -- ފޮޓޯ: ސޯޝަލް މީޑިއާ

މާފުށީގައި ޕެރެސެއިލިން ކުޑަ ކަނޑައިގެން ގޮސް ދެ މީހަކު މޫދަށް ވެއްޓެނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ކ. މާފުށީގައި މިއަދު ޕެރެސެއިލިން ހަރަކާތެއްގެ ތެރެއިން ޓޯވް ލައިން ކަނޑައިގެން ގޮސް  މޫދަށް ވެއްޓުނު މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދަކީ މާލެ އަތޮޅަށް ވަރަށް މޫސުން ގޯސް ދުވަހެކެވެ. މާފުއްޓަށްވެސް ބޯކޮށް ވާރޭ ވެހެމުންދާއިރު ވައިވެސް ވަރަށް ގަދަ އެވެ.

ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރެސެއިލް ތިރިކުރަން އުޅުމުގެ ތެރޭގައި ޓޯވް ލައިން ކަނޑައިގެން ގޮސް ވަޔާ ދިއުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގީ ޗައިނާ އަންހެނަކާއި ފިރިހެން ޓޫރިސްޓަކު އޭގައި ތިއްބަ އެވެ.

އެތަނުން ފިރިހެން މީހާއަށް ކުދި ކުދި އަނިޔާ ވިނަމަވެސް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

"ދުވަސް" އަށް މާފުށިން މައުލޫމާތު ދިން މީހަކު ބުނީ މޫސުން ގޯސްވެ ވައި ގަދަވުމާ ގުޅިގެން ޕެރެސެއިލް ތިރިކުރަން އުޅުމުގެ ތެރޭގައި ކުޑަ އަޅަގަތީ މާފުށްޓާއި ވަށްމާފުށްޓާ ދެމެދު މޫދު މަތިން ދަމާފައިވާ ޒިޕްލައިން ކޭބަލުގައި ކަމަށެވެ.

އަދި އެ ދެމީހުން މޫދަށް ވެއްޓުމާއި އެކު ޖެޓްސްކީތަކުގައި ވަގުތުން މީހުން ގޮސް އެ ދެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށްވެސް ބުންޏެވެ.

އެ ދެމީހުންނަށް ސިއްހީ ގޮތުން ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް މާފުށި ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް