އުނގޫފާރުގައި ދެ ކުކުޅާއި ހާލެއް ވަގަށްނެގި މީހަކަށް 20 ދުވަހުގެ ޖަލު ހުކުމެއް

ރ. އުނގޫފާރުގައި އެހެން މީހެއްގެ ގެއަކަށް ވަދެ ކުކުޅު ކޮށްޓަކުން ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މައްސަލައިގައި އުނގޫފާރު ފިރިހެނަކު 20 ދުވަހަށް ޖަލަށް ލުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފަ...

27 Jul 2026 | 10:17
N/A

N/A

ރ. އުނގޫފާރުގައި އެހެން މީހެއްގެ ގެއަކަށް ވަދެ ކުކުޅު ކޮށްޓަކުން ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މައްސަލައިގައި އުނގޫފާރު ފިރިހެނަކު 20 ދުވަހަށް ޖަލަށް ލުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގިއްޖެއެވެ.

ދައުލަތުން މި މީހާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 15 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭ 22:09 ހާއިރު، އިތުރު މީހަކާ އެކު އުނގޫފާރު ގެއަކަށް ވަދެ، އެ ގޭގައި ހުރި ކުކުޅު ކޮށިން ދެ ކުކުޅާއި ހާލެއް ނެގި މައްސަލައިގައެވެ.

މި މީހާގެ މައްޗަށް ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. މިއީ ޖުނަޙުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

މި މީހާ ވަނީ ކުށަށް އިޢުތިރާފުވެ، ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ނަސޭޙަތުގެ އެއްބަސްވުމެއް ހަދައިފައެވެ. މި އެއްބަސްވުމުގެ ދަށުން 20 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށާއި، ވެރިފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. އެ ފައިސާ ވެރިފަރާތަށް ދައްކައި ނިންމައިފައިވެއެވެ.

މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ 15 ޖޫން 2026 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް