ހަންޏާމީދޫގައި ބަގީއަކާއި އެކު މޫދަށް ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެ

އދ. ހަންޏާމީދޫގައި ބަގީއަކާ އެކު ފަޅުތެރެއަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ އިއްޔެ ހަވީރު އެވެ. މި ހާދިސާގައި މަރުވެފައިވަނީ އެރަށު އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުޙައްމަ...

27 Jun 2026 | 06:21
އދ. ހަންޏާމީދޫ --

އދ. ހަންޏާމީދޫ --

އދ. ހަންޏާމީދޫގައި ބަގީއަކާ އެކު ފަޅުތެރެއަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރު އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެރަށު އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ބަގީ ދުއްވީ ބަނދަރުގައި ތަޅުދަނޑި ޖަހާފައި ބާއްވާފައި އޮއްްވަ އަރައިގެންނެވެ. ބަގީ އާއި އެކު މޫދަށް ވެއްޓުނީ ކޮންޓްރޯލު ކުރަން ނޭނގިގެންނެވެ

މި ހާދިސާގައި އަނަސް މޫދަށް ވެއްޓުމުގެ ތެރޭގައި ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. އަނަސް މަރުވީ އެ ރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް